އުމަރު ޒާހިރަށް ކޮވިޑު ޖެހިއްޖެ

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިއަދު ވަނީ މި ބައްޔަށް 124 މީހަކު ޕޮޒިިޓިވް ވެފަ އެވެ. އޭގެތެރެއިން 76 ކޭސް ފެނިފައިވަނީ އަތޮޅުތެރެއިންނެވެ.
ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1981 ކޭސް އުޅޭއިރު އޭގެތެރެއިން 18 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި 258 މީހަކު ވަނީ ނިޔާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ