ލ.އަތޮޅު މުންޑޫ ރައްޔިތުން ނިކުމެ އެރަށު ސިއްހީ މަރުކަޒު ބަންދުކޮށްފިއެވެ.
މުންޑޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ރައްޔިތުން ނިކުމެ އެރަށު ސިއްހީ މަރުކަޒު ބަންދު ކުރީ ސިއްހީ މަރުކަޒުން އެއްވެސް ޚިދުމަތެއް ރައްޔިތުންނަށް ނުލިބޭތީއެވެ.
ރައްޔިތުން ނިކުމެ ސިއްހީ މަރުކަޒު ބަންދު ކުރުމުން އެތަނުގެ މުވައްޒަފުންނަށް ސިއްހީ މަރުކަޒަށް ނުވަދެވި އެތަނުގެ ބޭރުގައި އެބަތިއްބެވެ.
މުންޑޫ ސިއްހީ މަރުކަޒު ބަންދު ކުރުމުގައި ހަރަކާތްތެރިވާ އަންހެނަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ސިއްހީ މަރުކަޒުގައި ތިބީ ޑޮކްޓަރަކާއި ނަރުހެއް އެކަނި ކަމަށެވެ.
"އިދާރީ މަސައްކަތް ކުރާނެ މީހަކު ވެސް ނެތް. ކޮމްޕިއުޓަރެއް ނެތް. ލޭ ބަލާލެވޭނެ ގޮތެއް ނެތް. ހަކުރު ބަލާލެވޭނެ ގޮތެއް ނެތް. ހަމަހުރި ހަތަރު ފާރު މިހިރީ. ފާހާނާއެއް ބޭނުމެއް ނުކުރެވޭ. ސީލިންގް ބޯ މައްޗަށް ވެއްޓެނީ." އޭނާ ބުންޏެވެ.
މުންޑޫ ސިއްހީ މަރުކަޒު ބަންދުކޮށް މުވައްޒަފުންނަށް ހުރަސް އަޅާފައި ވަނީ ހަމައެކަނި އަންހެނުން ނިކުމެއެވެ.
މުންޑޫ ރައްޔިތުން ނިކުމެ އެރަށު ސިއްހީ މަރުކަޒު ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ