އަންހެން ކުދިން ހިތާނަ ކުރަން ޖެހޭ އެއްވެސް ދީނީ އަސާސެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.މައުމޫން މިހެން ވިދާޅުވެފައިވަނީ، އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފަޔަކަށް އެދުމުން އެކަމުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ހުށަހެޅުމާއި ގުޅިގެނެވެ.މިކަމާއި ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގައި ގޮވާލަނީ އިންސާނާގެ، ނަފްސާނީ ޖިސްމާނީ، އަދި ރޫހާނީ ދުޅަހެޔޮކަމަށް ކަމަށެވެ. އެހެންކަމުން އަންހެން ކުދިން ހިތާނަ ކުރެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.ފަތުވާ މަޖިލީހުގެ ރައުޔަކަށް އިސްލާމިކް މިނިސްޓަރު އެދިވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދިފައިވާތީ އެވެ. ހެލްތު މިނިސްޓަރު އަބްދޫﷲ އަމީން މިއަދު އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރަށް ފޮނުވި މެމޯއަކުން ވަނީ އެޗްޕީއޭއިން އެކަން ސާފުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލުކުރުމަށް އަންގަވައިފައެވެ.މިނިސްޓަރު އަމީން އެ މެމޯގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހިތްވަރުވެސް ނުދޭ ކަމަށެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މައުމޫން ވިދާޅުވަނީ އަންހެން ކުދިން ހިތާނަ ކުރަންޖެހޭ ދީނީ އަސާސެއްނެތް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ