މިއަދު ހެނދުނު އެމްޕީއެލްއާ ދިމާލުން ބޭރުގައި ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، ލޯންޗުގެ ކެޕްޓަންއަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ޓަގު ބޯޓާއި ލޯންޗު ޖެހިގެން ހިނގި މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:39ގަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖްގައި ބުނީ:
ލޯންޗުގެ ކެޕްޓަންއަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް
ކެޕްޓަންއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލުމާތު ލިބިފައިވޭ
"އެކްސިޑެންޓު ހިނގިއިރު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިން. އަދި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ،" މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ފާހަގަކޮށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ލޯންޗުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް އުޅަނދަށްވެފައިވެ އެވެ.
ޓަގު ބޯޓަކާ އެކްސިޑެންޓުވެ، ލޯންޗަށް ބޮޑެތި ގެއްލުންތަކެއް؛ ކެޕްޓަނަށް ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ