މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ހޫނު ވުމާއި ގުޅިގެން އިރުގެ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޢިލްތިމާސްކޮށްފިއެވެ.
ޗްޕީއޭއިން ކުރި ޕޯސްޓެއްގައި ބުނީ ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކުރާ އަސަރު މާބޮޑުކަން ފާހަގަކޮށް، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.
☀️ Heat Safety Reminder????Infants, children, elderly, pregnant women, and outdoor workers should take extra care.???? Avoid direct sun from 10 AM – 4 PM.????Drink plenty of fluids between Iftar and Suhoor.????Wear light, loose clothing and stay in the shade.????Watch for heat… pic.twitter.com/D2P5KGriCJ— Health Protection Agency (@HPA_MV) March 14, 2026
އެންމެ ބޮޑަށް ނުރައްކާވާ ފަރާތްތައް
ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން
މާބަނޑު މީހުން
ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން
އަވީގައި ގިނަވަގުތު މަސައްކަތް ކުރަންޖެހޭ ފަރާތްތައް
އެޗްޕީއޭއިން ވަނީ، ހެނދުނު 10 އަކުން ހަވީރު 4 އަކާއި ދެމެދު ސީދާ އަވީގައި އުޅުން މަދުކުރުމަށް އިރުޝާދު ދީފައެވެ. އަދި މި ދުވަސްވަރު ގިނައިން ދިޔާ ތަކެތި ބުއިމަށްވެސް ވަނީ ބާރުއަޅާފައެވެ.
މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މަށްޗަށް ދާ ދުވަސްވަރުކަމަށެވެ. އަދި މި ދުވަސްވަރު ހޫނު ގަދަވުމަށް މެދުވެރިވާ ސަބަބަކީ ވިލާ މަދުވެ، ވައި މަޑުވެ، ވައިގެ ތެއްކަން ހިފެހެއްޓޭ މިންވަރު މަތިވުމުންނެވެ. އަދި ދުވާލުގެ ހޫނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ހޫނުމިން މަތިވެގެންދާ ވަރާ އަޅާބަލާއިރު، އެ ފަރަގުވެސް ކުޑަވެއެވެ.
ހޫނުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ