ރައީސް ޔާމީން ރަނގަޅު ނޫންކަމަށް ރައްޔިތުން ބުނެފި: ސަމީރު

ރައީސް އަބްދުﷲ ޔާމީން ރަނގަޅު ނޫންކަމަށް ރައްޔިތުން ބުނެފިކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކާއި މުހިއްމު ބައެއް ދާއިރާތައް އިދިކޮޅު އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް ރޭ ކުރެއްވި ޓްވިޓެއްގައެވެ.
"ރައީސް ޔާމީންގެ ފޮޓޯ ޖަހައިގެން ކިތައްމެ ވަރަށް ރަނގެޅޭ ކިޔަސް، ރައްޔިތުން މަނިކުފާނު ރަނގަޅު ނޫންކަމަށް ބުނެފި" ސަމީރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ކައިންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް މިހާރު ލިބިފައިވާއިރު، ލިބިފައިވާ ނަތީޖާއަށް ބަލާއިރު އިދިކޮޅު އެމްޑީޕީންވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލްވެސް ކާމިޔާބުކޮށްފައެވެ.
އަދި ވާދަވެރި އެހެން ބައެއް ދާއިރާތައްވެސްވަނީ އެމްޑީޕީން ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ