ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދީ، އެންމެ ހަރަދު ކުޑަ ގޮތަކަށް އެކަން ކުރުމަށް އެކި ތަންތަނަށް ފުލުހުން ބަހާލާފައިވާ ގޮތް އަލުން ބެލުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ އެދިވަޑައިގެންފި އެވެ. ވަޒީފާ އަދާ ކުރަނިކޮށް މަރުވި ފުލުހުންގެ ހަނދާނުގައި އިސްކަންދަރު ބިލްޑިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 114 ރަށަކަށް ފުލުހުންގެ ހިދުމަތް ނުލިބޭ ކަމަށެވެ. އެހެންވެ، ސަރުކާރުގެ އަމާޒަކީ އެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ދިނުން ކަމަށާއި އެކަމަކު ސަރުކާރުގެ ހަރަދުތައް ހުންނަ ގޮތުން ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ވަޒީފާއަށް ވައްދައި، އެ ހުރިހާ ރަށަކަށް މީހުން ފޮނުވަން ފަސޭހަ ނޫން ކަމަށް ވިދާޅުވި އެވެ. މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވި ފުލުހުންތަކެއް: ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުން މުހިއްމުކަން ފާހަގަ ކުރެއްވި -- ހަވީރު ފޮޓޯ: ނިޝާން އަލީ "އެހެންވެ، ފުލުހުންގެ މެނޭޖްމެންޓްގެ ކިބައިން އަޅުގަނޑު އެދެނީ ފުލުހުންގެ ފައުޖުތައް އެތުރިފައިވާ ގޮތް އަލުން ބެލުމަށް. އަދި އެހެން ގައުމުތަކުގައި ފުލުހުންގެ ފައުޖުތައް އެތުރިފައިވާ ގޮތް ބަލައި އަޅާ ކިޔަން،" މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ފުލުހުން ބަހާލާފައިވާ ގޮތް ނަމޫނާ އަކަށް ނަންގަވާފަ އެވެ. އިނގިރޭސި ވިލާތުގައި ފުލުހުން ބެހިފައިވާ ގޮތްފުލުހުން ބަހާލާފައި އޮންނަނީ ހަތަރު ކެޓަގަރީއަކަށް ހުވާކޮށްގެން، ޔުނީފޯމުގައި ތިބޭ ފުލްޓައިމް ފުލުހުންސްޕެޝަލް ކޮންސްޓަބަލް އިންކޮމިއުނިޓީ ސަޕޯޓް ސާވިސް އޮފިސަރުން، މިއީ ފުލުހުންގެ ޔުނީފޯމުގައި ތިބޭ، އެކަމަކު އާއްމު ފުލުހުންނަށް ވުރެ ދަށް ތަމްރީނުތައް ހަދާފައިވާ ބައެއްސިވިލް ސްޓާފުންމި ހަތަރު ކެޓަގަރީ އެއްކޮށްލާއިރު، ފުލްޓައިމް ފުލުހުންގެ ގޮތުގައި ތިބޭނީ 65 ޕަސެންޓް މީހުންމިރޭގެ ރަސްމިއްޔާތުގައި ބައިވެރިވި ފުލުހުންތަކެއް: ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުން މުހިއްމުކަން ފާހަގަ ކުރެއްވި -- ހަވީރު ފޮޓޯ: ނިޝާން އަލީ އުމަރު ވިދާޅުވީ ފުލުހުން މިގޮތަށް ބަހާލުމުން، ފުލުހަކު ކޮންމެހެން ބޭނުން ނުވާ ތަނަކަށް ސިވިލް ސްޓާފެއް ހަމަޖައްސައި، އެ ފުލުސް މީހާ ކޮންމެވެސް އެހެން ތަނެއްގައި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މިގޮތުގެ މަތިން މުޅި ރާއްޖެއަށް ފުލުހުން ބަހާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.އުމަރު ވަނީ ރާއްޖޭގެ ފުލުހުންގެ ތެރެއިން މަގުމަތި ޕެޓްރޯލް ކުރުމާއި މައްސަލަތައް ތަހުގީގު ކުރުމާއި މީހުންނާ ސީދާ އާއްމުކޮށް ބައްދަލުވެވޭ ފަދަ މަގާމުތަކުގައި ތިބި ފުލުހުންގެ އަދަދާ މެދު ސުވާލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އޮސްޓްރޭލިއާގެ ފުލުހުންގެ ތެރެއިން 95 ޕަސެންޓް މީހުންނަކީ އެފަދަ މީހުން ކަމަށާއި އަނެއް ފަސް ޕަސެންޓަކީ ކޮމާންޑަރުންނާއި ފުލުހުންގެ އިސް ސަފުގައި ތިބޭ މީހުން ކަމަށެވެ. ވަޒީފާގައި އުޅެނިކޮށް މަރުވި ފުލުހެއްގެ އާއިލާ ބަޔަކު ޖަލްސާގައި ބައިވެރިވަނީ: "ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަ ކުރަނީ އެ ފުލުހުންގެ ހަނދާނުގައި -- ހަވީރު ފޮޓޯ: ނިޝާން އަލީ "މި ގޮތަށް ފުލުހުންގެ ފައުޖުތައް ބަހާލުމުން މުޅި ގައުމަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ފުލުހުންނަކީ މި ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު، ޕްރޮފެޝަނަލް އަދި އެކި ތަމްރީނުތަކުގައި މަތީ ވަނަތައް ހޯދާ ބަޔެކެވެ. "ޕޮލިސް މެމޯރިއަލް ޑޭ" ކޖުލައި 23 ވަނަ ދުވަހު ފާހަގަ ކުރަން ފެށީ، 2013 ވަނަ އަހަރު ކ. ކާށިދޫގައި ޑިއުޓީ އަދާކުރަމުން ދަނިކޮށް،
ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމްގެ ގަޔަށް މީހަކު ވަޅި ހަރައި މަރާލުމުންނެވެ. އޭނާގެ ފަހުން، ހަމަ އެ އަހަރު ވަނީ
މާލޭގައި ޑިއުޓީގައި އަދާކުރަމުން ދިޔަ އެހެން ފުލުހެއްގެ ގައިގައި
ސައިކަލުން ޖެއްސުމާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަނިކޮށް މަރުވެފަ އެވެ."ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަ ކުރަނީ އެ ދެ ފުލުހުންނާއި ވަޒީފާ އަދާކުރަނިކޮށް އޭގެ ކުރިން މަރުވެފައިވާ ފުލުހުންގެ ހަނދާނުގަ އެވެ.
ފުލުހުން ބަހާލާފައިވާ ގޮތް އަލުން ބެލުމަށް އުމަރު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ