ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރަން ކުރަމުންދާ މަަސައްކަތުގެ ދަށުން "މޮނިޓާ އެންޑް ކޮންޓްރޯލް ނޯޓިސް" ބިލެއް ޑްރާފްޓްކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޑީއޯސީ ކޮންފަރެންސް އިފްތިތާހު ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ "މޮނިކޮންނޯޓިސް" ގެ ގާނޫނުގެ ބިލު މިހާރު އޮތީ ޑްރާފްްޓް ކުރުމުގެ އެންމެފަހު މަރުހަލާގައި ކަމަށާއި މިމަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީލަށް ފޮނުވާނެ ކަމަށެވެ. އެ ބިލު ފާސްވެގެން އައުމުން ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑު ފަސޭހަކަމަކާއި އަމަންއަމާންކަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ބިލާބެހޭ ކުޑަ ތާރަފެއް ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގުރޫޕަށް އަރުވާފައިވާނެ ކަމަށާއި އެ ބިލަށް އެ ދެ ޕާޓީގެ ރުހުން ލިބިފައިވާ ކަމަށާއި އެ ބިލާބެހޭ މައުލޫމާތު ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަރުވާފައިވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގޭންގް ކުށްތަކާއި ތޫނު ހަތިޔާރުން ގެންގުޅުމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ގޭންގް ކުށްތަކުގެ ގާނޫނާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ގާނޫނަކީ 2010 ވަނަ އަހަރު ގެނެވުނު ދެ ގާނޫނު ކަމަށާއި ނަމަވެސް ވަރަށް މަދުފަހަރަކު ނޫނީ އެ ދެ ގާނޫނުގެ ދަށުން ބަޔަކާ ދޭތެރޭ ދައުވާކުރެވިފައިނުވާ ކަމަށެވެ. އަދި އެ ދެ ގާނޫނުގައި ޕްރޮސެކިއުޓް ކުރުމަށް އުނދަގޫތަކެއް ހުރިކަން ފާހަކަކޮށް އުމަރު ވިދާޅުވީ ގޭންގް ގާނޫނަށާއި ތޫނު ހަތިޔާރު ބޭނުންކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަށް ވެސް އެކުލަވާލައި ނިމިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ "މޮނިކޮންނޯޓިސް" ގެ ބިލަކީ ވަގުތީ ބާބެއްކަމަށް ހަދައިފަ ގޭންގް ކުށްތަކުގެ ގާނޫނާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ގާނޫނުގެ ދަށަށް އެ ބާބުލުމަށް މަސައްކަތް ކުރާ ކަމަށެވެ.
"މިދަންނަވާ ވަގުތީ ބާބަކީ ވަރަށް ހާއްސަ ބާރުތަކަކާ ރާއްޖޭގައި މިހާތަނަށް ތާރަފުކުރެވިފައި ނެތް މަހްފޫމްތައް ގެނެސްދޭ ދެ ބާރު. މި ދެބާބު ނަގައިފަ ޑިވައިޑްކޮށްފައި އުފަންކޮށްފައި މި އޮތީ އިނގިރޭސިވިލާތުގެ 'ޓީޕިމްއެކްޓް' ކިޔާ ގާނޫނަށް ބަލައިގެން. މި ގާނޫނުގެ ދަށުން ފުލުހުންނަށް ހާއްސަ ބާރުތަކެއް ލިބޭނެ. މީހާ ހައްޔަރު ނުކޮށް އަދި އެމީހާ ދޫކޮށްފަވެސް ނުބަހައްޓާ އެ ދޭތެރޭގެ މެދުގައި އޭނާ ކޮންޓްރޮލްކޮށްގެން ގެންގުޅޭނެ ބާރުތަކެއް ލިބިދޭނޭ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ "މޮނިކޮންމޯޓިސް" ގެނެވުމުން ވާނީ ތިން ވަނަ ރެޖީމަކަށް ކަމަށާއި މިހާރު އޮންނަނީ ދެ ރެޖީމް ކަމަށެވެ. ފުރަތަމަ ރެޖީމްއަކީ ކުށުގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ތަހުގީގުކޮށް 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކޮށް ކޯޓުން މުއްދަތު ޖެހުން ކަމަށާއި ދެވަނަ ރެޖީމްއަކީ ކޯޓުތަކުން ގެންގުޅޭ ރެޖީމް ކަމަށެވެ. ނަމަވެސް އެ ދޭތެރޭގެ މެދުގައި ރެޖީމްއެއް ހުސްވާ ކަމަށް އުމަރުވިދާޅުވި އެެވެ.
"ދޭތެރޭގެ މެދުގައި ވަރށް ގިނަ އަދަދެއްގެ މީހުން އެބަތިބި ތާށިވެފަ. ފުލުހުން މައްސަލަ ބަލާނިންމާ ޝަރީއަތަށް ފޮނުވީމަ ޝަރީއަތް ކުރިއަށް ނުގޮސް ނުވަތަ ޝަރީއަތް ދިއުމުން މަގުމަތީގައި އޭނަ އެ ދޭތެރޭގެ މެދުގައި އެ ހުންނަނީ. މޮނިކޯން ނޯޓިސް ގާނޫނުގެ ދަށުން މިކޮށްދޭ ކަމަކީ މެދުގަ ހުންނަ މީހާގެ މައްޗަށް ބައެއް ކޮންޓްރޯލްތައް ހިންގާ މޮނިޓާކޮށް އޭނަ ބެލެހެއްޓޭނެ ގާނޫނީ ބާރު ފުލުހުންގެ މައްޗަށް ދިނުން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގާނޫނު ތަންފީޒުކުރުމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި ނަމަވެސް ހުރިހާ ދަތިތަކެއްގެ ތެރެއިން ކުރިއަރައިގެންދާނެ ކަމަށެވެ.
އަމާންކަން ގާއިމު ކުރަން "މޮނިކޮންނޯޓިސް" ގާނޫނު ގެންނާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ