ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ސުޖާއު ފަސޭހަކަމާއިއެކު ކާމިޔާބުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ސުޖާއުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް ގަލޮޅު ސަހަރާ ކުރިމަތީގައި އޮންނަ މަގުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސުޖާއުއަކީ ގަލޮޅަށް އުފަން ދަރިއެއް ކަމަށާއި ގަލޮޅު ރައްޔިތުން ސުޖާއު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ގަލޮޅު ދެކުނުގެ މި ގޮނޑި ފަސޭހަކަމާއިއެކީގައި އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން 12،000 މީހުން ގޯއްޗަށް އެދުނު ކަމަށާއި އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންމިދަނީ އެރައްޔިތުންނަށް ގޯތި ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެގޮތުން މާލެ ސިޓީ ކައުންސިލަށް ވެށި ފަހި މާލެ ހިންގުމުގެ ބާރުވެރިކަންދީ އެކައުންސިލް މެދުވެރިކޮށް ހުޅުމާލެ އާއި ގުޅީފަޅު ހިއްކައިގެން އެތަން ތަނުން މާލެ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ހޯދަމުންދާ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތާއިއެކުގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދެވޭނެ ކަމަށާއި އެއީ މާލެ ރައްޔިތުންނަށް ކޮށްދޭނެ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންގެ ބޭނުންތަކަކީ އެހެން ރަށްތަކުގެ ރައްޔިތުން ވެސް ބޭނުންވާ ކަންތައްތަކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރައްޔިތުން އެދެނީ ވަޒީފާގެ ފުރުސަތުތަކަށާއި ބޯހިޔާވަހިކަމަށާއި ބަލިވީމަ ބޭސްފަރުވާއަށާއި ދަރިންނަށް ކިޔަވައިދެވޭނެ ގޮތަކާއި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ މިސަރުކާރުން 65 އަހަރުވީ އުމުރުން ދުވަސްވީ މީހުންނަށް 5000 ރުފިޔާ ދޭނެ ކަމަށް ވައުދުވެފައިވާއިރު އެމްޑީޕީގެ އަމާޒަކަށްވާނީ އެ 5000 ރުފިޔާ ހޯދައިދިނުން ކަމަށާއި އެ ފައިސާއަކީ މިހާރު އެ ކުރާ ހަރަދުގެ އިތުރަށް ކޮންމެ މަހަކަށް 50 މިލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ގަލޮޅު ދެކުނުގައި 300 މީހުން 5000 ރުފިޔާ ލިބޭ އެބަތިބި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިސަރުކާރުން މަސްވެރިންނަށް 10،000 ރުފިޔާ ދަނޑުވެރިންނަށް 8000 ރުފިޔާ ދިނުމަށްވެފައިވާ ވައުދުތައް ފުއްދައިދިނުމަށްޓަކައި މަސައްކަތްކުރުމަކީ އެމްޑީޕީގެ މަސްއޫލިއްޔަތަކާއި ވާޖިބެއް ކަމަށާއި މަޖިލިސް އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބުމަކީ ވައުދުތައް ފުއްދައިދިނުމަށް އެމްޑީޕީއަށް ކޮންމެހެން ލިބެން ޖެހޭ އަޣުލަބިއްޔަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ސުޖާއު ފަސޭހަކަމާއިއެކު ކާމިޔާބުކުރާނެ - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ