ގދ. ތިނަދޫ ރައްޔިތުން ތަރައްގީ ބޭނުންވި ނަމަވެސް ސަރުކާރުން އެ ރަށަށް ގެންނަ ތަރައްގީއަށް ނޫނެކޭ ބުނީ އަޅުވެތިކަމާއި އަނިޔާވެރިކަމަށް އާނ ބަސް ބޭނުން ނުވާތީ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
"ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަމުގެ ތެރެއިން ރައްޔިތުން ބޭނުމެއް ނުވޭ ތަރައްގީ އަންނާކަށް. ރައްޔިތުން ބޭނުމެއް ނުވޭ ތަރައްގީއަށްޓަކާ އަޅުވެތިވާކަށް. މިކަން މި ރަށުން ވެސް ސާބިތުކޮށްދީފި. ނިމިދިޔަ ކައުންސިލް އިންތިހާބުގައި މިރަށް ތަރައްގީ ކުރަމުން ކުރަމުން އައިސް، އަޅުގަނޑުމެންނަށް އެ ނިމިދިޔަ ކައުންސިލް އިންތިހާބު ލިބިގެންދިޔައީ އިދިކޮޅު ޕާޓީއަށް މުޅި ކައުންސިލްގެ މެޖޯރިޓީ، އަތޮޅު ކައުންސިލާ އެކީގައި ދިންތަން،" އަބުޅޯ ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުޅޯ ވިދާޅުވީ ތިނަދޫއަށް ތަރައްގީ ގެންނަމުން ދަނިކޮށް ބޭއްވި ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ތިނަދޫ އިން ދީފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ކަމަށާއި އަނިޔާވެރިކަމުގެ ތެރެއިން ތަރައްގީ އަންނަން ތިނަދޫ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ރާއްޖޭގެ މިހަޔާތުގައި މިރާއްޖޭގެ ފަހުގެ ޒަމާނުގައި އެންމެ ބޮޑު އަނިޔާވެކަމެއް އިހުސާސްކުރި ބަޔަކީ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޝަރީއަތަކާ ނުލައި އަޅުގަނޑުމެން ކާބަފައިންގެ އެތައް ބަޔަކު މަރާލި މަރާލުން އަޅުގަނޑުމެން ހިތުގައި އެބައޮތް. އެހެންވީމަ އަނިޔާއަކަށް ތިނަދޫއިން އާނ ބަސް ނުކިޔާނެ." ސައުދުﷲ ވިދާޅުވިއެވެ.
ތަރައްޤީ އަށް ތިނަދޫ ރައްޔިތުން ނޫނެކޭ ބުނީ އަނިޔާވެރިކަމަށް އާނ ބަސް ނުބުނަން: މެމްބަރު ސައުދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ