ވަޒީފާއިން ވަކިކުރި ފުލުހުންގެ ސިވިލް މުވައްޒަފަކަށް ބަދަލުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި

ފުލުހުންގެ ސިވިލް މުވައްޒަފެއްގެ ވަޒީފާގައި ހުއްޓާ ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން ވަޒީފާއިން ވަކި ކުރި މީހަކަށް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އަންގައިފި އެވެ.
ފުލުހުންގެ އެސިސްޓެންޓް ސިވިލް އޮފިސަރުގެ މަގާމުގައި ހުރި މުހައްމަދު ޝަބީން ނަސީމް ވަޒީފާއިން ވަކި ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.
އެ މައްސަލާގައި އާދީއްތަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ މުސާރަ އާއި އިނާޔަތުގެ ގޮތުގައި އޭނާއަށް 112،035 ރުފިޔާ ދޭންޖެހޭ ކަމަށާއި އަދާ ކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކުރަން ޖެހޭ ކަމަށެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ޖުލައި 22 ގެ ކުރިން ފައިސާ ދެއްކުމަށް ފުލުހުން އެއްބަސްވެ، ޝަބީންއާ ދެމެދު މިކަމުގައި އެއްބަސްވެފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުން ގިނަ މުވައްޒަފުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައި ވާއިރު މިފަދަ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން 301 މީހުންނަށް ވަޒީފާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ