މާމިގިލީ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަނީ
ހޮނިހިރު ދުވަހު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލި މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން"އަށް ވިދާޅުވީ މާމިގިލި ދާއިރާއަށް ވާދަ ކުރި ކެންޑިޑޭޓޭއްގެ މަންދޫބަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން ނިންމާފައިވާ ކަމަށެވެ. މާމިގިލި ދާއިރާގެ ވޯޓު ގުނި އިރު މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގައި ވެސް ގިނަ އަދަދެއްގެ ބާތިލު ވޯޓު ހުއްޓެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ނެރުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ޖުމްލަ ބާތިލު ވޯޓަކީ 190 އެވެ. މިހާރު މާމިގިލީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މިހާރުގެ މެމްބަރު ގާސިމް އިބްރާހިމް ކުރީގައި އުޅުއްވަނީ އެއްމެ 80 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 1081 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒަށް ލިބިފައި ވަނީ 1001 ވޯޓެވެ. އިތުރު ތަފްސީލު އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ