އެސްޕަނިޔޯލްގެ މައްޗަށް ކުރި ހޯދާ ރެއާލް ސްޕެނިޝް ކަޕްގެ ސެމީއާ ގާތަށް

0-1 އިން ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި އެސްޕަނިޔޯލްގެ މައްޗަށް ކުރި ހޯދާ ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ސެމީފައިނަލާ ގާތަށް ޖެހިލައިފިއެވެ.
މި ދެ ޓީމް ބައްދަލުކުރާ ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗް އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.
އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގައު ރެއާލްއިން ޖެހި ހަމައެކަނި ގޯލް ޖެހީ މެޗުގެ 25 ވަނަ މިނެޓްގައެވެ.ބޭލް ބޮލުން ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރެއާލް މެޑްރިޑުން މޮޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފްގައި އެސްޕަނިޔޯލް އިން ވަނީ ކުޅުން ރަނގަޅުކޮށް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.އެހެންނަމަވެސް އެސްޕަނިޔޯލްއަށް ވަނީ އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތް ނުވެފައެވެ.
ސްޕެނިޝް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ ބައްދަލުކުރާނީ ބާސެލޯނާއާއި ލެވާންޓޭއެވެ.މި މެޗް ފަށާނީ މިރޭ ރާއްޖެގަޑިން 2:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ