މާލެ އާއި އަތޮޅުތަކުގެ ކަރަންޓް އަގު ހަމަހަމަ ނުކުރެވޭނެ: ތޯރިގް

މާލެ އާއި އަތޮޅުތަކަށް ދެމުންގެންދާ ކަރަންޓްގެ އަގު ހަމަހަމަ އުސޫލަކުން ހަމަ ނުޖެއްސޭނެ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކަރަންޓްގެ އަގު ހެޔޮކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވުމާއި ގުޅިގެން ސަރުކާރުގެ ސިޔަސަތު ހާމަކުރުމަށް ރޭ ޓީވީއެމް "ރާއްޖެ މިއަދު ޕްރޮގްރާމް"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠޯރިގް ވިދާޅުވީ "ގްރޭޓާރ މާލެއަށް" ކަރަންޓް މިދެނީ ވަކި ކުންފުންޏެއް ކަމަށްވާ ސްޓެލްކޯއިން ކަމަށާއި އަތޮޅު ތަކަށް ކަރަންޓް މިދެނީ ފެނަކައިން ކަމަށެވެ.
އަދި ގްރޭޓަރ މާލެއަށް ގިނަ އަދަދަކަށް ކަރަންޓް ބޭނުން ކުރާ އިރު އަތޮޅުތަކަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޮޑު ހަރަދެއް ހިނގާކަަމަށެވެ.
ޠޯރިގްގެ ވާހަކައިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ ހިދްމަތުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމުގެ ސިޔާސަތެއް ނެތްކަން ހާމަވެގެން ދިޔައެެވެ.
އަދި ސްޓެލްކޯ އާއި ފެނަކަ އަކީ ދައުލައތުގެ ދެ ކުންފުނި ކަމަށްވެފައި، ރާއްޖެއަށް އެތެރެ ކުރާ ތެޔޮ އެތެރެ ކުރަނީވެސް ދައުލަތުގެ ކުންފުންޏެއްކަމަށްވާ އެސްޓިއޯއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް އެސްޓިއޯއިން އެތެރެ ކުރާ ތެޔޮ ސްޓެލްކޯ އަށާއި ފެނަކަ އަށް ވިއްކަނީ ބޮޑު ފައިދާއެއް ހިމަނައިގެންނެވެ.
އަދި ސްޓެލްކޯ އާއި ފެނަކައިން ރައްޔިތުންނަށް ކަރަންޓް ވިއްކަނީ އެހާމެ ބޮޑު ފައިދާއެއް ހިމަނައިގެންނެވެ. އެހެންކަމުން ކަރަންޓްގެ އަގު ޖެހިގެން އަންނަނީ ދައުލަތުގެ 3 ކުންފުންޏަކަށް ބޮޑު ފައިދާއެއް ލިބިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ