މި ރަމަޟާން މަހުވެސް އުނގޫފާރު ރައްޔިތުންނަށް ކަރަންޓް ހިލޭ

ކުރީ އަހަރުތަކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހުވެސް އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ފޯރުކޮށްދޭ ކަރަންޓް، އުނގޫފާރުގެ ހުރިހާ ގޭބީސީތަކަށް މުޅިން ހިލޭ ފޯރުކޮށްދޭން ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން މިގޮތަށް ނިންމާ މިކަން ހާމަ ކޮށްފައިވަނީ ރަމަޟާން މަހުގެ ތަހުނިޔާ ކިޔުމަށް އުނގޫފާރު ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ މެސެޖްގައެވެ.މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް އުނގޫފާރު ކައުންސިލުން ވަނީ ރޯދަ މަހުގެ ދުވަސްތަކާއި 6 ރޯދައިގެ ދުވަސްތައް ހިމެނޭނެ ގޮތަށް 6 މެއި 2019 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އުނގޫފާރުގެ ހުރިހާ ގޭބީސީތަކަށް ފޯރުކޮށްދިން ކަރަންޓްގެ އަގު ލިހޭ ކޮށްދީފައެވެ.އުނގޫފާރު ކައުންސިލުން މި އަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް މުޅިން ހިލޭ!މިއީ އުނގޫފާރު ކައުންސިލުން ޖެހިޖެހިގެން ކޮންމެ އަހަރަކު ރަމަޟާން މަހު ކަރަންޓް މުޅިން ހިލޭ ފޯރުކޮށްދޭތާ 5 ވަނަ އަހަރެވެ. އުނގޫފާރު ކައުންސިލްގެ ހިސާބުތަކުން ދައްކާ ގޮތުގައި ކަރަންޓު ހިލޭ ފޯރުކޮށްފޭ ދުވަސްތަކުގައި އުނގޫފާރުގެ ރައްޔިތުން ބޭނުން ކުރާ ކަރަންޓަށް ކޮންމެ އަހަރަކު ވެސް 5 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ. ކަރަންޓު ހިލޭ ފޯރުކޮށްދިން ނަމަވެސް އެއްވެސް ފަރާތަކުން ބޭކަރުގޮތުގައި ކަރަންޓު ބޭނުން ނުކުރުމަކީ ރަމަޟާން މަހު އިޝްރާފު ކުރުމުން ދުރުހެލިވުމަށް އެޅޭނެ ފިޔަވަޅެއްގެ އިތުރުން ޖައްވަށް ބޭރުކުރެވޭ ކާބަން މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް ދެވޭ އެއްބާރުލުމަކަށް ވާނެއެވެ. ޓެގްރ. އުނގޫފާރު ރޯދަ ހަދިޔާ އުނގޫފާރު ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ