މިރޭ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިހާބު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ އިންތިހާބު ކުރަން ނިންމައިފިއެވެ.
މަޖިލީހުގެ ޖަލްސާއެއް މިރޭ 9:15 ގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ވަނީ ދެ ކަމެއް އެޖެންޑާ ކޮށްފައެވެ. އެއީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ މައްސަލަ އާއި މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރުމެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު އެ މަގާމުން މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އިސްތިއުފާ ދެއްވާފައެވެ. މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު ފަރާތްތަކުގެ އަތުގައި ކަމަށްވާއިރު އެ މަގާމަށް ގެންނަން އެ ފަރާތްތަކުން ނިންމަވާފައިވަނީ މާމިގިނލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމްއެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ