މޫސުން ގޯސްވެ ދެކުނަށް އެލާޓް ނެރެފި

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މެންދުރު ފަހު 14:30 އަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއިއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. މީގެތެރެއިން ބައެއް ރަށްތަކަށްް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވެއެވެ. މެދުތެރެއާއި އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ޢާންމު ގޮތެއްގައި ރަނގަޅު ވާނެެއެވެ.
އުތުރާއި އިރުއުތުރުން، މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 3  މޭލާއި 13  މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 30 މޭލަަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ