އެކި މައްސަލަތަކުގައި ބޮޑު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކުރަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ނުކުރަން އަންގައި ސުޕްރީމް ކޯޓުން ދާދިދެންމެ އަމުރެއް ނެރެފި އެވެ.
އަދީބު ގެއަށް ބަދަލުކުރަން އަމުރު ކޮށްފައިވަނީ އިއްޔެ ހަވީރު ހައިކޯޓުން ނެރުނު ވަގުތީ އަމުރެއްގަ އެވެ. އެ އަމުރު އެ ކޯޓުން ނެރުނީ އެ ކޯޓަށް އަދީބުގެ ފަރާތުން ބޭސް ފަރުވާ ނުލިބޭ މައްސަލާގައި ހުށަހެޅި މައްސަލާގައި އޭނާ އެފަދަ އަމުރަކަށް އެދުމުންނެވެ.
އެ އަމުރު ނެރެފައިވަނީ އެކަމަށް ދައުލަތުން ދެކޮޅު ހަދަމުން ދަނިކޮށެވެ. އެހެންވެ ދައުލަތުން މިއަދު ވަނީ އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. (ތަފްސީލް އަންނަނީ)
އަދީބު ގެއަށް ބަދަލު ނުކުރަން ސުޕްރީމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ