އެމްޑީޕީ ތެރެއިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ސަރުކާރު ވައްޓާލަން ކަމަށް ޖުމްހޫރީ ޕާޓީ ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީީމް ވިދާޅުވެއްޖެ އެވެ.
މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލީހް ވެރިކަމަށް އައިތާ އަދި ދެމަސް ދުވަސް ވެސް ނުވާ ކަމަށާއި ނަމަވެސް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އިން މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު އެޕާޓީ ތެރެއިން ބޮޑުސިންގާ ފަސާދައެއް އުފައްދާ، އެ ޕާޓީ ތެރެއިން ބޮޑުސިންގާ ކަންތައްގަނޑެއް ރާވައިގެން، ބޮޑުސިންގާ ހާއިޖާނެއް ރާވައިގެން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ދިމާލަށް އަމާޒުކޮށް، ސަރުކާރު ވައްޓާލާ އަނެއްކާ ވަކި މީހަކު ވެރިކަމަށް ގެނައުމަށް ރާވަމުން ގެންދަވާ ކުޅިގަނޑު އަޅުގަނޑުމެން މިތިބިީ ރަނގަޅަށް ބަލަން،" ގާސިމް ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
ސަރުކާރު ވައްޓާލަން އެމްޑީޕީ އިން އެބަ މަސައްކަތް ކުރޭ – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ