ޔަމަން ފަންޑަށް ޖަމުޢިއްޔަތުއް ޞަލާހު އަދި ބްލޫވޭވްސްއިން ފައިސާ ހަދިޔާކޮށްފި

ޔަމަންގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ފަށާފައިވާ 'ހެލްޕް ޔަމަން' ކެމްޕެއިނަށް މީދޫ ޖަމުޢިއްޔަތުއް ޞަލާހުންނާއި އެ ޖަމުޢިއްޔާއިން ހިންގަމުން އަންނަ ބްލޫ ވޭވްސް އިން ފައިސާ ހަދިޔާކޮށްފިއެވެ.
 
މި ކެމްޕެއިނަށް ފައިސާ ހޯދުމުގެ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ބްލޫ ވޭވްސްއިންވަނީ 'ލަވާޒާއެއް ބޮއެލައިގެން ޔަމަނަށް އެހީވަމާ' މި ނަމުގައި އެއް ދުވަހުގެ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ދުވަހު ލަވާޒާއިން ލިބުނު ހުރިހާ ފައިސާއެއްވަނީ ހެލްޕް ޔަމަން ކެމްޕެއިނަށް ހަދިޔާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
 
އެގޮތުން ބްލޫވޭވްސްއިން މި ހަރަކާތް ކުރިއަށް ގެންދިޔައީ މީދޫ ޖަމުޢިއްޔަތުއް ޞަލާހުގެ ފަރާތުން ފަންޑަށް ރަނގަޅު އެހީއެއް ވުމަށާއި ބްލޫވޭވްސްއިންވެސް މިކަމުގައި ބައިވެރިވުމަށްކަމަށް މީދޫ ޖަމުޢިއްޔަތުއް ޞަލާހުގެ ރައީސް އަބްދުﷲ ޝިހާމް ވިދާޅުވިއެވެ.
 
ހެލްޕް ޔަމަން ފަންޑު އެއްކޮށް ނިންމާލުމަށް ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ