އިސްތިއުފާ ދެއްވި ގާޒީ ހަލީމް މަޖިލީހަށް ވާދަކުރައްވަނީ

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ހަލީމް ވާދަކުރައްވަން ނިންމަވާފައިވަނީ މަނަދޫ ދާއިރާ އަށެވެ. އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ގޮތުންނެވެ.
އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ހަލީމް ވާދަކުރައްވާއިރު، އޭނާގެ އަނބިކަނބަލުން އާމިނަތު މުނީރާ ރޭ ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވާފައެވެ.
ހަލީމް މަގާމުން އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އޭނާ ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެގޮތުން ރައީސް ސޯލިހުގެ ޖުޑިޝަލް ރިފޯމް އެޖެންޑާ އަށް އެއްބާރުލުން ދިނުމުގެ ގޮތުން ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އަލުން އައްޔަން ކުރުމަށް ފުރުސަތު ދިނުމަށް، މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ހަލީމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ