ޤާސިމް މިނިވަން ވުމަކީ ލިބުނު އުފަލެއް : މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދަށުކޯޓުން އިއްވި ހުކުމް، ހައިކޯޓުން ބާތިލްކުރުމާއި ގުޅިގެން ގާސިމް އިބްރާހިމް މިނިވަންވެވަޑައިގަތުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު އުފަލެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކުރުމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ އެކަމާއި ވަރަށް ބޮޑަށް އުފާފުޅުކުރައްވާކަމަށާ އަދި ގާސިމް އިބްެރާހިމަށް މަރުހަބާ ދަންނަވާކަމަށެވެ.
ގާސިމް އިބްރާހިމް އާއި ރައީސް މައުމޫން ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ކޯލިޝަން ހައްދަވާފައެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިއަދު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވާ އަދި އދ މާމިގިލީ ރައްޔިތުންނަށްވެސް ޝުކުރު ދަންނަވާފައެވެ. އަދި ގާސިމް އިބްރާހިމް މިނިވަންކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ހުރިހާ އެންމެނަށް ސަމީރު ވަނީ ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ