ގޭންގުތައް އެބަހުރި، ނުހުއްޓުވިއްޖެ ނަމަ މެކްސިކޯ އަދި ބްރިޒްގެ ހާލަތަށް ރާއްޖެ ވެއްޓޭނެ: އުމަރު

ގޭންގުތައް ރާއްޖޭގައި އެބަ ހުރި ކަމަށާއި އެކަމަށް އެކަށީގެންވާ ފަރުވާއެއް ދީ ނުހުއްޓުވައިފި ނަމަ މެކްސިކޯ އަދި ބްރެޒިލް ފަދަ ގައުމު ތަކެކޭ އެއް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް މިއަދު ދެއްވި އިންޓިވުއެއްގައި އުމަރު ވިދާޅުވީ ގޭންގުތަކުގެ މައްސަލަތައް ނުހުއްޓުވިގެން އުޅެނީ އެކަން ކުރާންވީ ގޮތުގެ ހަރުދަނާ ސިޔާސަތެއް އެއްވެސް ސަރުކާރެއްގައި ނެތިގެން ކަމަށެވެ. އަދި އެއްވެސް ސަރުކާރެއްގެ ވިސްނުމުގައި އެކަން އޮތް ކަމަށް ގަބޫލުވެސް ނުކުރެއްވޭ ކަމަށް އުމަރު ވިދާޅުވި އެވެ.
"ހަގީގަތުގަ މިވާ ގޮތަކީ ގޭންގުތަކުގެ މައްސަލ ހުއްޓުވަން ހަދަންވީ ގޮތެއް އެއްވެސް ސަރުކާރަކަށް ނުވެސް އިނގޭ. ފާޑަކަށް ކޮންފިއުސްވެފަ މި ތިބެނީ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ބްރެޒިލް ނުވަތަ މެކްސިކޯ ފަދަ ގައުމަކަށް ރާއްޖެ މުޅީން ނުވި ނަމަވެސް ގާތްކުރާ ސިފަތައް ހުރި ތަންތަން މިހާރު މާލޭގައި ވެސް އެބަ ހުރި ކަމަށެވެ. އެ ގޮތުން ވަކި ގޭންގަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ ނުވަތަ އެބައެއްގެ ބާރު ހިންގާ ސަރަހައްދުތައް ހުރިކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މެކްސިކޯ އަދި ބްރެޒިލް ފަދަ ގައުމު ތަކުގަ މިވާ ގޮތަކީ ފުލުހުންނަށް އެކްސެސް ނުވެވޭ (ފުލުހުންނަށް ނުވަދެވޭ) ތަންތަން ވެސް ހުންނާނެ. އެތަންތަން ހުންނާނީ ގޭންގުގެ ފުލް ކޮންޓްރޯލުގަ. އަދި ރާއްޖޭގައި އެހާލަތަކަށް ނުދޭ. އެކަމަކު އެމީހުންގެ ބާރު ހުރިހާ ލެވެލެއްގަވެސް އެބަ އޮވޭ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ ހޯމް މިނިސްޓަރު ކަމުގައި އެގޮތަށް ވަކި ގޭންގު ތަކުގެ އައްޑާތައް ކަމަށް މަޝްހޫރުވެފައި ހުރި ހަޓުތައް ރޫޅަން ފެށީ އެތަންތަނުގެ ވެރީންނަކީ އެމީހުން ނޫން ކަމާއި އިންޗާޖަކީ ސަރުކާރުކަން އަންގައިދިނުމުގެ ގޮތުން ކަމަށެވެ.
"މިސާލަކަށް ބައްލަވާ! މިހާރުވެސް އެގޮތަށް މަޝްހޫރު ބައިވަރު ތަންތަން އެބަހުރި. އެއްވެސް ކޮންޓްރޯލެއް ނެތް އެމީހުން ބޭނުން ގޮތަކަށް ޑިޒައިންކޮށްގެން ސިފަ ޖައްސައިގެން އުޅޭ ތަންތަން ވަރަށް ގިނަ." އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ބައެއްް ތަންތަނަކީ އެމީހުންގެ މަރުކަޒު ކަމަށާއި ހުރިހާ ވިޔަފާރި އަކާއި ޑީލްތައް އެތަންތަނުގައި ހިންގާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ