ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާކުރުމަށް އިބޫ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ: މައުމޫނު

ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާން ކަން ރައްޔިތުނަށް ކަށަވަރު ކޮށްދެއްވުމަށް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް މައުމޫނު އަބްދުލަ ގައްޔޫމު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އިންތިހާބީ ރައީސް އިބޫ އަށާއި، ރައްޔިތުންނަށް ފޮނުވުމަށް ރައީސް މައުމޫނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާން ކަން ރައްޔިތުނަށް ކަށަވަރު ކޮށްދެއްވުމަށް އިބޫ ކުރައްވާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިނެއްގައި ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ އެކު، މާލެ އަރައި، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ހަމަލާ އިން ދިވެހިރާއްޖެ ސަލާމަތްކުރައްވައި، ނަސްރު ދެއްވި ކަމަށްޓަކައި، ﷲ ސުބްހާނަހޫ ވަތައާލާ އަށް ހަމްދުކުރައްވާ ކަމަށެވެ.
ރައީސް މައުމޫނު ވަނީ، ނޮވެމްބަރު ތިނެއްގައި ގައުމުގެ ދިފާއުގައި ދިވެހި ސިފައިން ވެވަޑައިގެން މަތިވެރި ގުރުބާނީ އާއި ކުރެއްވި އަގުހުރި ޖިހާދު ގެ ހަނދާން އާކޮށް، އެ ހިތްވަރު ގަދަ ގައުމީ ބަތަލުން ސާބިތު ކަމާއެކު ކުރެއްވި މަސައްކަތް ތަކަށް އައްސަރިބަހާއި ސާބަސް ރައްދު ކޮށް، ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ