ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހައިކޯޓުން ކުރި ހުކުމް ބާތިލްކުރުމަށް އެދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

19:00ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހައިކޯޓުން ކުރި ހުކުމް ބާތިލްކުރުމަށް އެދި އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.ނާޒިމްގެ ގާނޫނީ ވަކީލު ރޭނީސް މުހައްމަދު ސަލީމް ވިދާޅުވީ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނާޒިމްގެ ބަންދުގެ މުއްދަތު ތިން ދުވަހަށް ޖިނާއީ ކޯޓުން އިތުރު ކޮށްފައި ވާތީ، އެ މައްސަލަ އާއި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށް ހައި ކޯޓުން ކުރެއްވި ހުކުމް ބާތިލްކުރުމަށް ހުށަހަޅާފައިވާ މައްސަލަ ހިމެނޭ ކަމަށެވެ. މި މަހު އަށަކުން ފެޑިގެން ފަނަރަ ދުވަހުގެ މުއްދަތަށް ނާޒިމު ގޭބަންދުގެ މުއްދަތު އިތުރު ކުރުމަށް ހައި ކޯޓުން ހުކުމްކޮށްފައި ވަނީ ތިން ދުވަހުގެ މުއްދަތަށް ގޭބަންދު ކުރުމަށް ޖިނާއީ ކޯޓުން ކުރެއްވި ހުކުމް، ފުލުހުންގެ ފަރާތުންނާއި، ނާޒިމުގެ ފަރާތުން ހައިކޯޓުން އިސްތިއުނާފް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ