މިސްރުގެ އާ ސަރުކާރުގެ ވެރިންނާ އަބްދުﷲ ރަސްގެފާނު ބައްދަލު ކުރައްވައިފި

ކައިރޯ، ( ޖުލައި 21) - މިސްރުގައި އަލަށް އެކުލަވާލެވުނު ސަރުކާރުގެ އިސް ލީޑަރުންނާ ޖޯޑަން ގެ ރަސްގެފާނު، އަބްދުﷲ ބައްދަލު ކުރައްވައިފި އެވެ.
ހޮނިހިރު ދުވަހު މިކަމާގުޅޭ ގޮތުން މިސްރުން ނެރުނު ބަޔާނެއްގައި ރަސްގެފާނު އަބްދުﷲ ގެ ބައްދަލުވުމުގައި މިސްރުގެ ރައްޔިތުން ހިޔާރުކުރި އާ ސަރުކާރަށް ތާޢީދުކޮށް ތަރުހީބުދެއްވާ ވާހަކަފުޅު ދެއްކެވި ކަމަށް ވެއެވެ. އަދި ޖޯޑަންގެ ރަސްގެފާނު މިސްރަށް ކުރެއްވި ޒިޔާރަތުގައި މިސްރުގެ އިންތިގާލީ ރައީސް އަދްލީ މަންސޫރުގެ އިތުރުން އިންތިގާލީ ސަރުކާރުގެ އިސް ގިނަ އޮފިޝަލުންތަކާ ބައްދަލުކުރިކަމަށް ވެއެވެ.
މީގެ ތެރޭގައި މިސްރުގެ ސިފައިންގެ ވެރިޔާ އަބްދުލް ފައްތާހްގެ އިތުރުން އިންތިގާލީ ނައިބު ރައީސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޖޯޑަންގެ ރަސްގެފާނު މިސްރަށް ކުރެއްވި ދަތުރުފުޅު އެންމެ ދެތިން ގަޑިއިރު ތެރޭގައި ނިންމާލައިފާވާކަމަށް ވެސް ވެއެވެ. މިސްރުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލެވިފައި ވީނަމަވެސް މިސްރުގައި މުސްލިމް ބްރަދަހުޑްގެ ސަޕޯޓަރުންދަނީ މިސްރުގެ މަގުތަކުގައި ކެނޑިނޭޅި މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ