އުމަރު ނަސީރު ހޯމް މިނިސްޓަރުކަން ގަބޫލެއް ނުކުރެއްވި
ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގަތުމަށް ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ރައީސް މުހަންމަދު ވަހީދު ދައުވަތު ދެއްވި ކަން "ހަވީރަ"ށް އެނގިއްޖެ އެވެ. އެކަމަކު އުމަރު އެ ހުށަހެޅުއްވުން ގަބޫލެއް ނުކުރައްވަ އެވެ. އެނގިފައިވާ ގޮތުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމު އުމަރަށް ހުށަހެޅުއްވީ، އިއްޔެއާ ހަމައަށް އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރެއްވުމުގެ ކުރިންނެވެ. އެއީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކަމަށްވެ އެވެ. މިކަމާ ގުޅޭ ގޮތުން އުމަރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ހޯމް މިނިސްޓަރު ކަމުގެ މަގާމުން ޖަމީލް ވަކިކުރެއްވީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ކަމަށް ޖަމީލް އައްޔަންކުރެއްވުމުން، އޭގެ ފަހުން ކެބިނެޓުގައި އޭނާ އިންނަވާ ނަމަ މަސްލަހަތު ފުށުއަރާނެތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ