ފަލަސްތީނާއި އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި އިއްޔެ ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދު ވެފައި ވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
އިއްޔެގެ ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 18 އަހަރުގެ މުހައްމަދު އަބޫ ޒައިދާ ކިޔާ ރައްޔިތަކާއި 26 އަހަރުގެ މުހައްމަދު ގީތާ ކިޔާ ރައްޔިތެކެވެ. މި ދެމީހުންގެ ތެރެއިން އެކަކު ޝަހީދުވެފައިވަނީ ކަރަށް ވަޒަން އަމާޒުވެގެން ކަމަށާއި އަނެކަކު ޝަހީދުވެފައިވަނީ ބަނޑަށް ވަޒަން އަމާޒުވެގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިއްޔެގެ ހަމަލާގައި އިތުރު 15 މީހެއްގެ ގަޔަށް ވަޒަން އަމާޒުވި އެވެ. އަދި މި މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާތަކާއި ބެހޭގޮތުން އިޒްރޭލުން ބުނެފައިވަނީ އެ ހަމަލާތަށް ދޭން މަޖުބޫރު ވީ ކަނޑައަޅާފައިވާ ސަރަހައްދު ހުރަސް ކުރުމުން ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޖަރީމާތަކުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 153 ރައްޔިތަކު ޝަހީދު ކޮށްލާފައި ވެ އެވެ.
އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެމީހަކު ޝަހީދު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ