ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ކ. މާފުށި ކައިރީ އޮންނަ ކަނޑޫމާ ތިލައަށް ޑައިވިނަށް ފައިބާ އުޅެނިކޮށް ގެއްލުނު ޓޫރިސްޓު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 13:21 ހާއިރު ލިބިފައިވާ ކަމަށެވެ.އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ