މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އެސަރަހައްދަށް މިއަދު ހެނދުނު 07:30 އިން 11:30 އަށް ވައިޓް އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އެގޮތުން ވައިޖެހޭނީ އިރުއުތުރާއި އިރުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި ރާޅުގެ އުސްމިން 1 - 3 ފޫޓު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ