އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމުގައިވާ މޭރީ ގްރޭސްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ދައުލަތުން ބުނެފައިވަނީ، މާވިން އާއި ލަމްހާ ލޯބީގެގޮތުން ގުޅިގެން އުޅެފައިވާކަމަށާއި އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ މާވިން ކަމަށާއި އަދި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީކަމަށް ބުނެ އެކަން ރިޕޯޓްކުރީ މާވިން ކަމަށެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް މިއަދު ކުށް ސާބިތުވެފައިވާއިރު، އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ސާބިތުވީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެގޮތުން، ލަމްހާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން ހުށަހަޅާފައިވާއިރު، އައިޖީއެމްއެޗްގައި ބޭނުންކުރަން ގެނެސްފައި ހުރި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނިގެންވެސް ދައުލަތުން ހެކި ހުށަހަޅާފައިވެއެވެ.
މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކުރި ނަމަވެސް، އެ ދެ މީހުންނަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހުގައެވެ.
މި މައްސަލާގައި ލަމްހާ އެންމެ ފުރަތަމަ ހައްޔަރު ކުރީ، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. ކްރިމިނަލް ކޯޓުން ފަހުން ލަމްހާ ބަންދުން ދޫކުރި ނަމަވެސް، ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ.
މޭރީގެ މަރުގެ މައްސަލަ: ލަމްހާގެ މައްޗަށްވެސް ކުށް ސާބިތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ