“ނަބިއްޔާގެ ފަހު ވަޞިއްޔަތް“ ދަރުސް މޫސުން ގޯސްވުމުގެ ސަބަބުން އަނެއްކާވެސް ފަސްކޮށްފި

“ނަބިއްޔާގެ ފަހު ވަޞިއްޔަތް“ ދަރުސް މޫސުން ގޯސްވުމުގެ ސަބަބުން އަނެއްކާވެސް ފަސްކޮށްފިއެވެ.ދަރުސް އިންތިޒާމް ކުރާ ‘ޕީސް ފައުންޑޭޝަން’ މިއަދު ހާމަކުރި ގޮތުގައި އެޖަމިއްޔާއިން މިރެއާއި މާދަމާ ރޭ، ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެވިފައިވާ ކަމަށެވެ. ދަރުސް ލަސްކުރިކަމުގައި ވިޔަސް މޫސުން ރަނގަޅުވުމުން އެދަރުސް ބާއްވާނެކަމަށާއި ދަރުސް ބާއްވާނެ ވަކި ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށް އެޖަމިއްޔާ އިން ހާމަކުރެއެވެ.‘ޕީސް ފައުންޑޭޝަން’ އިން އިންތިޒާމް ކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ ”ނަބިއްޔާގެ ފަހު ވަޞިއްޔަތް“ ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު)އެވެ.“ނަބިއްޔާގެ ފަހު ވަޞިއްޔަތް“ ދަރުސް ފުރަތަމަ ބޭއްވުމަށް ނިންމީ 17 މެއި 2013 ވަނަ ދުވަހުގެ ރޭ ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ