އިންސާފު ލިބުނަސް ނުލިބުނަސް، ފުރަތަމަ ކަމަކީ ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތުން ތިބުން: ޤާސިމް

އިންސާފު ލިބުނަސް ނުލިބުނަސް، އެންމެ ފުރަތަމަ ކަމަކީ ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތުން ތިބުންކަމަށް ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްތަކުގައި ސޮއި ކުރި ކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ގައުމު މި ހިސާބަށް ދިޔައީމާ ގޮތްދޫނުކޮށް ހިފަހައްޓައިގެން ލިސްޓްގައި ސޮއި ނުކޮށް ހުންނަން ބޭނުމެއް ނޫންކަމަށެވެ. އަދި އިންތިހާބީ ހައްގުތައް ލިބިވަޑައިނުގަތަސް އިންތިހާބުގެ ހުރަހަކަށް ވާން ބޭނުން ނުވާ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.“ހައްގު ލިބުނަސް ނުލިބުނަސް، އިންސާފު ލިބުނަސް ނުލިބުނަސް، އެންމެ ފުރަތަމަ ކަމަކީ ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތުން ތިބުން ކަމަށް އަޅުގަނޑު ގަބޫލުކުރާތީ. އެހެންވީމާ އަޅުގަނޑަކަށް ދެން ނެތް އިތުރަކަށް ބަލާނެ އެއްޗެއް،” ގާސިމް ވިދާޅުވި އެވެ.ނޮވެމްބަރ 9 ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްތަކުގައި މައްސަލަ އުޅޭތީ ފަހުވަގުތާއި ޖެހެންދެން ޔާމީން އާއި ގާސިމް ވަނީ ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް ބޭރުގެ ފަރާތްތަކުގެ ބައްދަލުވުންތަކަށްފަހު ސޮއި ކޮށް އެދުވަހަށް އިންތިހާބު ބޭއްވުމަށްވަނީ އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ