ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ދެ މަސް ދުވަހަށް ސަސްޕެންޑްކޮށް، އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ ތަފްސީލް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހާމަކޮށްފިއެވެ.
ޖޭއެސްސީން އޭނާއާ ގުޅޭގޮތުން ހަތަރު މައްސަލައެއް ބަލަމުން ދެއެވެ. މި މައްސަލަތަކަކީ 2018 ވަނަ އަހަރު ތެރޭގައި ފެންމަތިވި މައްސަލަތަކެކެކެވެ.
ޖޭއެސްސީން ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ ޤާނޫނީ ވަކީލަކާއި، ގއ.ވިލިނގިލީގައި ޝަކޫރު ބައްދަލުކުރިކަމަށް ހުށަހަޅާފައިވާ މައްސަލައަަކާއި، ހަމަ އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެބައިވެރިވެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އަދި މީގެ އިތުރުން، ހަމަ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި، ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުރުކޮށްފައިވަނިކޮށް، "ދެން ގެނަޔަސް 15 ދުވަސް ޖަހާނެކަމަށް" އެމީހުންނާ ދިމާލަށް ޝުކޫރު ބުނެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާއި، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ކެފޭއެއްގެ ތެރޭގައި މީހަކާ ދިމާއަށް "އަހަރެމެންކޮޅަށް ވޯޓު ލިބޭނެހޭ" ބުނެ ވަކި ސިޔާސީ ފިކުރަކަށް ތާޢީދުކުރާކަން ފާޅުކޮށްފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ހިމެނޭ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން ވިދާޅުވީ، މި މައްސަލަތަކުގެ ތަހުގީގަށް ޝުކޫރުގެ ބަޔާން ނަގައި މައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން ކުރިއަށްގެންދާ ކަމަށެވެ.
ޝުކޫރުގެ އިތުރުން ޖޭއެސްސީން މިއަދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވެސް ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރު ދެ މަހަށް ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ