އަންހެނުންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރުވާތީ މައުމޫން ކަންބޮޑުވުންފާޅު ކޮށްފި

އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ އަންހެން ކުދިންނާ އަންހެނުންނަށް ކުރާ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދާ ކަމީ ނިހާޔަތަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށާއި އިޖްތިމާއީ ގޮތުން ހުތުރުކަން ބޮޑު ލާއިންސާނީ އަމަލެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
މިކަން މުޖްތަމަޢުން މުޅިން ލުހެލުމަށްޓަކައި އެންމެން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ރައީސް މައުމޫންގެ ޓްވީޓާގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މިހާރަކަށް އައިސް ވަނީ ގިނަވެފައެވެ. އަދި އަންހެންނުންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ވެސް މި ދުވަސްވަރު މީގެކުރިޔާ އަޅާ ބަލާއިރު ގިނަކަން ފާހަގަކޮށްލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ