ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެއްޖެ އެވެ. އަދީބު މިނިވަންވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ. އެމަނިކުފާނުގެ މައްޗަށް މިހާރު ޖަލު ޙުކުމެއް ނެތްއިރު، ބަންދުގައި ހުރީ ފަހުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ވަރަށް ބޮޑެތި ސީރިއަސް ދައުވާތަކެއް ފަހުން ވަނީ އަދީބުގެ މައްޗަށް އުފުލާފައެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންގެ ބޮޑެތި ތުހުމަތުތަކެއްވެސް ހިމެނެއެވެ. މި ދައުވާތަކަކީ އަދީބާއެކު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެއްކަން ފާހަގަ ކުރެވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވެ އެވެ.
އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ވަނީ މިއަދު ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ބާއްވާފަ އެވެ. އެ އަޑުއެހުމަކީ ދައުވާތަކާމެދު ޝަރީއަތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.
ޝަރީއަތުގެ ނިންމުން އިއުލާން ކުރައްވަމުން ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައިވަނީ ގާނޫނު ނުދަންނަ ގޮތްތަކެއް މަތިން ކަމަށެވެ. އެކަމުގައި ހިމެނޭ ފަރާތްތައް އަމަލު ކޮށްފައިވަނީ ގާނޫނީ ނިޒާމުން ބޭރުން ކަމަށެވެ. އެހެންކަމުން އެހެން އޮތް ދައުވާތަކެއް ޝަރީއަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެއްކުށަކަށް ދެފަހަރު އަދަބު ނުދެވޭނެ ކަމަށް ޤާނޫނު އުޤޫބާތުގައި ބުނާއިރު މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ދިފާޢީ ވަކީލުކަންކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ