ކުރީގެ މެމްބަރު މުސްތަފާ ހާޓްއެޓޭކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެނީ

ރައްޔިތުން މަޖިލީހުގެ ތިމްރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާއަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބަފައިވާ ގޮތުގައި މުސްތަފާއަށް ހާޓްއެޓޭކް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މުސްތަފާގެ ހާލު ސާފު ވެފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އެމްޑީޕީގެ ޓިކެޓުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި ނަމަވެސް ވަކި ހިސާބަކުން މުސްތަފާ ވަނީ ޕީޕީއެމާ ގުޅިވަޑައިގަންފައެވެ. އަދި ޕީޕީއެމް އިން ވަކިވެ ވަޑައިގެންނެވުމުން އޭނާ ތަމްސީލު ކުރެއްވި ދާއިރާގެ މަޖިލިސް ކޮނޑި ގެއްލުނު ކަމަށް ދަށު ކޯޓުން ނިންމިއެވެ. ނަމަވެސް ފަހުން އެ ގޮނޑި ނުގެއްލޭ ކަމަށް ސުފުރީމު ކޯޓުން ކަނޑައެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ