ގެއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދާ, މީހަކު ހައްޔަރު ކޮށްފި

ހދ. ހަނިމާދޫ ގެއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދާ އެތަކެއްޗާއި ގުޅުންހުރި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 20:05 ހާއިރު ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓްތައް ހޯދާފައިވަނީ ދަޅަކަށް އަޅައި، ފޮށިގަނޑެއްގެ ތެރޭގައި ރައްކާކޮށްފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 07 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ