އެއްދުވަސް ތެރޭގައި ކުށުގެ ރެކޯޑު ސާފުކުރެވޭގޮތް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި

އެއްދުވަސް ތެރޭގައި ކުށުގެ ރެކޯޑު ސާފުކުރެވޭގޮތް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ޖަސްޓިސް ބިލްޑިންގްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ކުށުގެ ރެކޯޑު ސާފު ކުރުމުގެ ޚިދުމަތާއި ކޯޓުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ދިނުމަށް އެ ބިލްޑިންގްގެ ގްރައުންޑު ފްލޯގައި ކައުންޓަރުތަކެއް ހުޅުވައިފައެވެ. ސިވިލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ އަލީ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކައުންޓަރު ހުޅުއްވައިދެއްވަނީ --- ފޮޓޯ: ކްރިމިނަލް ކޯޓު އެ ކައުންޓަރުތައް ހުޅުވައިދެއްވީ ސިވިލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ އަލީ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ. އެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، ކުށުގެ ރެކޯޑު ސާފުކުރުމަށް ދެ ދުވަހުގެ މުއްދަތެއް ހޭދަވާއިރު، އަލަށް މިއައި ބަދަލާ ގުޅިގެން ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ދުވަހުން ދުވަހަށް ލިބިގެންދާނެ ކަމަށެވެ. ކްރިމިނަލް ކޯޓުން އަލަށް ތައާރަފްކުރި ކުށުގެ ރެކޯޑް ދޫކުރާ ނިޒާމް މަސައްކަތްކުރާ ގޮތް ދައްކާލަނީ ---- ފޮޓޯ: ކްރިމިނަލް ކޯޓު އެގޮތުން ކުށުގެ ރެކޯޑު ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން 11:30 އަށް ކަމަށް މަނިކު ވިދާޅުވި އެވެ. އަދި ކުށުގެ ރެކޯޑު ފޯމުތައް ދޫކުރުމަށް ހަމަޖެހިފައި މެންދުރު 1:00 އިން 2:30 އަށް ކަމަށް ވެސް މަނިކު ވިދާޅުވި އެވެ. "ކޯޓުގެ ކައުންޓަރުން ވެސް ފޯމުތައް ދޫކުރާނެ. ކޯޓުގެ ވެބްސައިޓުން ވެސް ފޯމުތައް ޑައުންލޯޑު ކުރެވެން ހުންނާނެ. މިބަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ. ކޮންމެ ދުވަހަކު ހުށަހަޅާ ކުށުގެ ރެކޯޑު ފޯމަށް ހަމަ އެ ދުވަހު ކުށުގެ ރެކޯޑުގެ ރިޕޯޓު ކޯޓުން ދޫކުރާނެ،" މަނިކު ވިދާޅުވިއެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ އޭނާ ވިދާޅުވީ، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ އިތުރުން ފައިސާއާ ގުޅުންހުރި ޚިދުމަތްތަކާއި ޖަސްޓިސް ބިލްޑިންގ ގެ ދެވަނަ ފްލޯއިން ދެމުންދިޔަ ހުރިހާ ޚިދުމަތެއް ގްރައުންޑު ފްލޯގައި ހުންނަ ކައުންޓަރުތަކުން ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ