ފައުންޑޭޝަންގެ މަގުސަދު އެބަ ހާސިލްކުރެވޭ: މައުމޫން

މީގެ ހަ އަހަރު ކުރިން އުފެއްދި މައުމޫން ފައުންޑޭޝަންގެ މަގުސަދު ހާސިލްވަމުން އަންނަ ކަމަށް ފައުންޑޭޝަންގެ ޗެއާމަން އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.މައުމޫން ފައުންޑޭޝަންގެ ހަ ވަނަ އަހަރީ އާއްމު ޖަލްްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އެ ފައުންޑޭޝަން އުފެއްދި މަގުސަދު ހާސިލްކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ހާސިލްކުރެވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ."އެކަމުގެ ހިތްހަމަޖެހުން އަޅުގަނޑާ ފައުންޑޭޝަންގެ މެމްބަރުން ހިއްސާކުރާނެ،" ޝީ ބިލްޑިންގްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.ރޭ ބޭއްވި މައުމޫން ފައުންޑޭޝަންގެ ހަ ވަނަ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޭނުންފުޅުވަނީ ފައުންޑޭޝަންގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުގެ މަތިން އެކަންތައް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ."އެކަމަށްޓަކައި އިރާއްދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނަން،" މައުމޫން ވިދާޅުވި އެވެ.ރައްޔިތުންގެ ލާބައަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ވެސް ކުރަމުން އަންނަނީ ބުރަ މަސައްކަތްތަކެއް ކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ވެސް މައުމޫން ޝުކުރު އަދާކުރެއްވި އެވެ.ރޭ ބޭއްވި މައުމޫން ފައުންޑޭޝަންގެ ހަ ވަނަ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ރޭ ގެ ޖަލްސާގައި ވަނީ މައުމޫން ފައުންޑޭޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިއްވައިފަ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރަށް ފައުންޑޭޝަންގެ ހިންގާ ކޮމެޓީ އަށް ވެސް މެމްބަރުން ހޮވި އެވެ.މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރަކު ވެސް ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލަ އެވެ. އެގޮތުން މިިދިޔަ އަހަރު ހުޅުވާލި 28 ފުރުސަތުގެ ތެރެއިން ޝަރުތު ހަމަވި ހަ ކުއްޖަކު ކޯހަށް ފޮނުވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މީގެ އިތުުރުން މިވީ ހަ އަހަރު ދުވަހުގެ ތެރޭގައި 12 ދަރިވަރަކު ކޯސް ފުރިހަމަކޮށް ރާއްޖެ އައިސްފައިވާ ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ