އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި

އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ކުޅުން އިއްޔެ ފަށައިފިއެވެ.
މިއަހަރުގެ މުބާރާތް އިއްޔެ ފެށިއިރު، މުބާރާތް ކުރިއަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.
12 އަހަރުން ދަށުގެ އުމުރުފުރާ އަދި 14 އަހަރުން ދަށުގެ އުމުރުފުރާގައި 9 ސްކޫލެއް ވާދަކުރާއިރު، 16 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކުރަނީ 8 ސްކޫލެވެ. އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި މިއަހަރު 3 ސްކޫލެއް ވާދަކުރެއެވެ.
މިއަހަރުގެ މުބާރާތުގެ ކުޅުން ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިއަށްގެންދިޔުމަށް ފަހު އެންމެ ގިނަ ޕޮއިިންޓު ހޯދާ ދެޓީމު ސެމީގައި ބައްދަލުކުރާ ގޮތަށެވެ.
މި މުބާރާތުގެ ކުޅުނު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ