ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެ ދާއިރާގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޞިއްޙީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ޤަބޫލުކޮށް، އެމީހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ޚިދުމަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް އުފާވެރިކަމާއި، ޢާއިލާތަކަށް އުންމީދު، އަދި މުޖުތަމަޢަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިޢާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، މި ޝިޢާރަކީ ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކުރިއެރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެއް ކަމަށެވެ. މީގެ ތެރޭގައި މަސައްކަތްކުރާނެ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމާއި، އިތުރަށް ތަޢުލީމު ހާސިލްކޮށް ލީޑަޝިޕްގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނަރުހުން ކުރައްވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށާއި، އޯގާތެރިކަމާއި އަނެކުންނަށް އަޅާލުމުގައި ދައްކަވާ ނަމޫނާ ސާބިތުކަމަށްޓަކައި، ހުރިހާ ނަރުހުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.
ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުމުގެ ފުރުސަތު އެބައޮތް: މެޓް އެޕްރީލް މަހު ދައުލަތަށް 2.63 ބިލިޔަން ރުފިޔާ ލިބިއްޖެ: މީރާ ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ