މިހާރު އޮތް ސަރުކާރު ވައްޓާނުލެވޭނެ ކަމަށާއި، މި ސަރުކާރު ފަސް އަހަރުގެ ދައުރު ފުރިހަމަކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އެ މީހާ ކުރި ޕޯސްޓުގައި ބުނެފައިވަނީ މި ސަރުކާރަކީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށާއި، ސަރުކާރު ނިންމާލާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
Sarukaaru vahtaeh nuleveyne, mee 5 aharah rayyithun hovaafaivaa sarukaareh. Mi sarukaaru 5 aharu vandhen dhemi onnaane, yageen. Adhi efurusathu rayyithun nuves dheyne. https://t.co/IhUIzSTyma
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ "ސަރުކާރު ވައްޓައެއް ނުލެވޭނެ، މިއީ 5 އަހަރަށް ރައްޔިތުން ހޮވާފައިވާ ސަރުކާރެއް" ކަމަށެވެ. އަދި މި ސަރުކާރު ފަސް އަހަރު ވަންދެން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ މި ސަރުކާރު ވައްޓާލުމުގެ އެއްވެސް ފުރުސަތެއް ރައްޔިތުން ނުދޭނެ ކަމަށެވެ.
މި ސަރުކާރު ވައްޓައެއް ނުލެވޭނެ: ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ