އަދަދު ނޫހުގެ ޝަހްޒާން މުހައްމަދާއި ލީވާން އަލީ ނަސީރް ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ގޮވާލައްވައިފިއެވެ. އަދި ނޫސްވެރިންގެ ޒިންމާ އަދާކޮށްގެން ޖަލަށް ހުކުމް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު އެކަމަށް ގޮވާލެއްވީ މިއަދަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އަނދިރި ދުވަހެއް ކަމަށާއި ވަޒީފާގެ ޒިންމާ އަދާކޮށްގެން ނޫސްވެރިން ޖަލަށް ލައިގެން ނުވާނެ ކަމަށް ވިދާޅުވަމުންނެވެ.
ދެނޫސްވެރިން ޖަލަށްލުމަކީ މިނިވަން ނޫސްވެރިކަމަށް ލިބުނު ބޮޑު ދެރައެއް ކަމަށާއި ބާރުވެރި ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާ އެންމެންނަށް ދިން ބޮޑު އިންޒާރެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ އާއްމު މަޖިލީހުގެ 76 ވަނަ ރައީސް ޝާހިދު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ޝަހްޒާން 15 ދުވަހަށް ޖަލަށް ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމުންނެވެ.
ޝަހުޒާން އާއި ލީވާންގެ މައްސަލަ ވެސް ގުޅުވާފައި ވަނީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒަށް ކުރާ ސީރިއަސް ތުހުމަތުތަކާއެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް "ގޭގް އޯޑަރެއް" ނެރިފައެވެ.
ނޫސްވެރިން ކަމުގައިވާ ޝަހްޒާން އާއި ލީވާން ވަގުތުން މިނިވަންކުރޭ: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ