އާއިލާ އަށް އޮޅުވާލައި ކުޑަކުއްޖަކު މާލެ ގެނެސް ބެހެން އުޅުނު މީހާއަށް ހަތަރު ދައުވާއެއް ކޮށްފި

އުމުރުން 16 އަހަރުގެ ކުއްޖަކާ ރައްޓެހިވެ އެ ކުއްޖާގެ އާއިލާ އަށް އޮޅުވާލައިގެން، އެ ކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މާލެ ގެނެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް ކުއްޖާގެ އާއިލާގެ އަތުން ފައިސާ އަތުލި މައްސަލާގައި ހައްޔަރުކޮށްފައިވާ އުނައިސް އަހްމަދުގެ މައްޗަށް ޕީޖީ ހަތަރު ދައުވާއެއް އުފުލައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ބ. ތުޅާދޫ މީހެއް ކަމަށްވާ އުނައިސް ވަނީ ޝަހުސު އޮޅުވާލައިގެން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެ ކުއްޖާގެ ބައްޕަގެ އަތުން މަކަރާ ޙީލަތުން ފައިސާ ހޯދާފައި ކަމަށެވެ. އެކުއްޖާ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ މިދިޔަ މަހުގެ 27 ވަނަ ދުވަހު މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އުނައިސްގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދަޢުވާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާ އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ