އަރްތޫރު ބްރަދާސްގެ މައްސަލާގައި ހޯދާ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި
އަރުތޫރު ބްރަދާސް އިން ރާއްޖޭގައި އިންވެސްޓްކުރި އިރު ހަދާފައިވާ ކުންފުންޏެއްގައި ހިއްސާވާ ފްރާންސް މީހާ ކަމަށްވާ ގޮޑާޒިން ސަގަސްޔާން އާއި ދެ ދިވެއްސަކު ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނިކޮށް އޭގެ ތެރެއިން ދެ މީހަކު ރޭ ފުލުހުންނާ އަމިއްލަ އަށް ހަވާލުވެއްޖެ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ. ހޯދަން އިއުލާނުކޮށްފައިވާ މީހުންގެ ތެރެއިން ފުލުހުންނާ ހަވާލުވެފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އަރްތޫރް ބްރަދާސް އިން ރާއްޖޭގައި ހެދި "އަރްތޫރު ބްރަދާޒް ވޯލްޑް ކަނެކްޝަން" ކުންފުނީގެ ހިއްސާވާ ފްރާންސް މީހާ ކަމަށްވާ ސަގަސްޔާންގެ އިތުރުން އަރްތޫރް ބްރަދާސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ދިވެހިންގެ ތެރެއިން ހުޅުމާލޭ ފްލެޓް 04-2-5 އަހްމަދު ނިޝާން، 31، އެވެ. މި ދެ މީހުންގެ އިތުރުން ދެން ހޯދާ މީހަކީ ހ. އެވަޗާންސް އަހުމަދު ވިޝާލްް، 28، އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންނާ ހަވާލުވި މީހުން އުޅެމުން ދިޔައީ މާލޭގެ ގެސްޓް ހައުސްއެއްގަ އެވެ. އެ މީހުން އުޅުނީ މާބުލް ގެސްޓް ހައުސްގައި ކަމަށާއި އެ މީހުން ފުުލުހުންނާ ހަވާލުވުމުން ފުލުހުން ގޮސް އެ ގެސްޓް ހައުސް ފާސްކުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. އަރްތޫރު ބްރަދާސްގެ ދެ މީހަކު ރާއްޖެ އައިސްފައި ވާއިރު އެކަކު ފުރައިގެން ގޮސްފައިވާ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. މާޗް 31 ގައި ފުރި ކަމަށް ދައްކަނީ އަރުތޫރު ބްރަދާޒްގެ ޗެއާމަން އަދި ރައީސް އަރްތޫރު ސަރަގްސިޔަން އެވެ. އެ މީހުން ރާއްޖޭގައި ރާއްޖޭގައި ހެދި ކުންފުނީގެ ހުއްދަ ބާތިލްކޮށް އެ މީހުންގެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ އަރްތޫރް ބްރަދާސްގެ ހަގީގަތް މީޑިއާ އިން ހާމަކުރުމާ އެކުގަ އެވެ. އަރްތޫރު ބްރަދާޒް ވޯލްޑް ކަނެކްޝަން" ގެ ފުރަތަމަ ދިވެހި ހިއްސާދާރަކީ އިސްމާއިލް ވަސީމް، ހ. އެވަޗާންސް އެވެ. އެ ހިއްސާ ފަހުން ވަނީ ވަސީމްގެ ކޮއްކޮ އަބްދުﷲ ސައްފަތު އަަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ