ޕިއްޒާ ބޯނާ ހަވީރު ބަދިގެ: ސިޓްރަން މެކްސިކަން ގްރިލްޑް ބީފް
        ސިޓްރަން މެކްސިކަން ގްރިލްޑް ބީފް: ބޭނުންވާތަކެތި: 200ގ ބީފް (ތުނިކޮށް ފަޅިކޮށްފައި) 1  ރެޑް ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި) 1 ގްރީން ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި) 1 ޔެލޯ ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި) 25ގ ސްވީޓް ކޯން 2 މސ ހޯމް މޭޑް ޓޮމާޓޯސޯސް (ޕީލް ޓޮމާޓޯ، މިކްސްޑް ހާބްސް، ލޮނުމެދު، އަދި ފިޔާ އަޅައި ކައްކާފައި) 1 މސ ޓަބަސްކޯ ސޯސް 2 ލޮނުމެދު (ޗޮޕްކޮށްފައި) 1 ފިޔާ (ޗޮޕްކޮށްފައި) އޮލިވް އޮއިލް އަސޭމިރުސް ލޮނު ކެޖޫން ސްޕައިސީ ޕައުޑަރ ބީފް ގްރިލް ކުރާނެ ގޮތް: ބީފްކޮޅު އަސޭމިރުސް، ލޮނު، އަދި  ކެޖޫން ސްޕައިސީ ޕައުޑަރ ބޭނުންކޮށްގެން ރަނގަޅަށް މޮޑެލާށެވެ. ތެޔޮފޮދެއް ހޫނުކޮށްފައި އޭގެތެރޭގައި ބީފްކޮޅު ރޯފިލާވަރަށް ގްރިލްކޮށްލާށެވެ. ސޯސް ތައްޔާރު ކުރާނެ ގޮތް: ކުޑަ އޮލިވް އޮއިލް ފޮދެއްގައި ފިޔާ އަދި ލޮނުމެދު މީރުކޮށްލާށެވެ. އެއަށް ފަހު ތިންކުލައިގެ ބެލް ޕެޕަރ އަދި ސްވީޓްކޯން އަޅައި އެއްކޮށްލާށެވެ. މީގެ ތެރެއަށް ޓޮމާޓޯ ސޯސް އަދި ޓަބެސްކޯ ސޯސް އަޅައި ރަނގަޅަށް ކައްކާލާށެވެ. މީރުކޮށްލަން ލޮނުކޮޅަކާއި ޕެޕަރކޮޅެއް އެއްކޮށްލާށެވެ. ބީފްކޮޅު ތައްޔާރުކުރި ސޯސްގަނޑާއި އެއްކޮށްލާށެވެ. 
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            