އިސްލާމިކް ޔުނިވަސިޓީގެ ދެވަނަ ސެމިސްޓަރުގެ ކޯސްތަކަށް ހުޅުވާލައިފި

މި ޓާމުގައި އެކިއެކި ދާއިރާތަކުން ޖުމްލަ 67 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝިނާ ވިދާޅުވީ، މިއީ އޭލެވެލް ނިންމާފައިވާ ކުދިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު އައިޔޫއެމްގެ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ޔުނިވަރސިޓީގެ ހޮޓްލައިން 1405 ނުވަތަ ވައިބަރ/ވަޓްސްއެޕް ނަންބަރު 7923247 އަށް ގުޅުމަށް އައިޔޫއެމްއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ