ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީނާއި ދެކޮޅަށް އެމަޤާމަށް ވާދަކުރައްވާ އަނެއް ކެންޑިޑޭޓް އެންޓިކެމްޕެއިން ކުރާކަމަށްބުނާ ވާހަކަ ދޮގުކޮށްފިއެވެ.
އުމަރު ނަސީރުގެ ކެންޕެއިން ސްޕޯކްސް ޕާރސަން ޢަބްދުﷲ ސިނާން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕީ.ޕީ.އެމް. ޕްރައިމަރީގައި ވާދަކުރައްވާ ޢުމަރު ނަޞީރު އެބޭފުޅާއާ ވާދަވެރި އަނެއް ކެނޑިޑޭޓާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުން ދާ ވާހަކަ މާލެތެރޭ ފެތުރެމުންދާކަމަށެވެ.
"ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ވާދަކުރައްވާ އަލްފާޟިލް ޢުމަރު ނަޞީރު އެއްވެސް ކެނޑިޑޭޓަކާ ދެކޮޅަށް އެންޓީ ކެމްޕެއިން އެއް ނުކުރައްވައެވެ. އަދި ނުވެސް ކުރައްވާނެއެވެ. އަދި އެސް އެމް އެސް، ސޯޝަލް މީޑިއާ އިން ނުވަތަ އެނޫން އެހެން ޒަރިއްޔާއަކުންވެސް ވާދަވެރި އަނެއް ކެނޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމަކީ އެބޭފުޅާ އެކަމަށް ތަރުޙީބުދެއްވާކަމެއް ނޫނެވެ" ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޢުމަރު ނަޞީރު ބޭނުންކުރައްވާ ރަސްމީ ޓްވިޓާރ އެކައުންޓް ތަކާއި އަދި އެސް އެމް އެސް ފޮނުއްވުމަށް ބޭނުންކުރަށްވާ މޮބައިލް ނަމްބަރުތައްވެސް ބަޔާނުގައިވަނީ އާއްމުކޮށްފައެވެ.
ޔާމީނާއި ދެކޮޅަށް އުމަރު އެންޓިކެމްޕެއިން ކުރާ ކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ