ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް ހުންނަވަނިކޮށް އެޕާޓީގެ އުސޫލުތަކައި ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ ޕާޓީން ވަކިކުރި މައްސަލާގައި އުމަރު ނަސީރު ޑީއާރުޕީއާއި ދެކޮޅަށް ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފިއެވެ.
އުމަރުގެ ދައުވާ އަނބުރާ ގެންދަވާފައިވާ އިރު، އެމައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ޑިއާރުޕީން ނަގާފައިވާ އިޖުރާއީ ނުކުތާއައި ގުޅިގެން އެމައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުންވަނީ މިމަހުގެ 11 ވަނަ ދުވަހު ނިންމާފައެވެ.
އެމައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާތީ ސިވިލް ކޯޓުގައި ކުރައްވާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދުވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ދައުވާ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އުމަރު އަންގަވާފައިވާތީ މައްސަލަ ބާތިލުކޮށް އަޑުއެހުން ވެސްވަނީ ކެންސަލްކޮށްފައެވެ.
އުމަރު ޑީއާރުޕީން ވަކިކުރި މައްސަލާގައި ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ